ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް، ރޯދައިގެ ކުރިން ފްލެޓް ލިސްޓު އާއްމު ކުރައްވާނެކަން އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވެއްޖެއެވެ.
ދ.ކުޑަހުވަދޫއަށް ވަޑައިގެން، ރޭ އެ ރަށުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، މި ހިނގާ ހަފްތާ ނިމުމުގެ ކުރިން 4000 ފްލެޓް ލިބުނު މީހުންގެ ލިސްޓު އާއްމު ކުރައްވާނެ ކަމަށެވެ.
”މި ހަފްތާ ނިމުމުގެ ކުރީގައި އަޅުގަނޑު ރިޔާސީ ބަޔާނުގައި ވައުދުވީ ގޮތަށް އޭރުގައި އިއުލާނު ކުރެވުނު 4000 މީހުންގެ ލިސްޓް އޭސީސީން ފާހަގަ ކުރި މައްސަލަތައް ބެލުމަށް ފަހު އިއުލާނު ކުރާނެ ވާހަކަ މިރޭ ވެސް ދަންނަވަން.“ ރައީސް ރޭ ވިދާޅުވިއެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވާއިރު، އެއްވެސް ރައްޔިތަކަށް ދިން ގޯއްޗާއި ފްލެޓް އަތުނުލައި ހައްގުވެރިންނަށް ފްލެޓް ދިނުމަށް އެމަނިކުފާނު ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ވައުދުވެވަޑައިގެންނެވިއެވެ.
ކުރީ ސަރުކާރުން އެކުލަވައިލި ފްލެޓު ކޮމިޓީގެ ސިޔާސީ މެންބަރުންނަށް އުސޫލާ ހިލާފަށް ފްލެޓު ލިބޭ ގޮތަށް މާކްސް ބަދަލުކޮށްފައިވާ ކަމަށާއި، ކުރީ ސަރުކާރުގެ އިސްވެރިންގެ އާއިލީ މީހުންނާއި ނުފޫޒު ގަދަ އާއިލާތަކުގެ ގިނަ ބަޔަކަށް ވެސް ފްލެޓުތައް ބަހާލާފައިވާ ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފައެވެ.


ޢަހަރެން ނަކީ ވެސް 18 އަހަރު ނުފުރޭ 3 ދަރިން ތިބި މީ ހެއް މާލޭ ގައި އުޅޭތާ 15 އަހަރައްވުރެ ގިނަ އަހަރު ވެއްޖެ ރޔ.ވެރިކަމުގަ ވެސް ނުލިބުނު ރސ. ވެރިކަމުގަވެސް ނުލިބުނު ހައްޤުވެރިން މިހާރު އޮޅިއްޖެ