ދ. ރިނބުދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އޭޓީއެމްގެ ހިދުމަތް ތައާރަފު ކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރިނބުދޫގައި އޭޓީއެމްގެ ހިދުމަތް އިފްތިތާހު ކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

މިކަމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ، މުހައްމަދު ޝަރީފް ވިދާޅުވީ މުޅި ރާއްޖޭގައި ބޭންކިންގ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން، ރިނބުދޫގައި ސެލްފް ސަރވިސް ބޭންކިންގ ހިދުމަތް ތައާރަފުކުރެވުމަކީ ލިބިވަޑައިގެންނެވި އުފަލެއް ކަމަށާއި، މި ހިދުމަތުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޑިޕޮސިޓް ކުރުމާއި ފައިސާ ދެއްކުން ފަދަ ދުވަހުން ދުވަހަށް ކުރަންޖެހޭ ބޭންކިން މުއާމަލާތްތައް ފަސޭހަކަމާއެކު 24 ގަޑިއިރު ކުރެވޭނެ ކަމަށެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 98 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 155 އޭޓީއެމް، އޭޖެންޓު ބޭންކިންގ ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމުގައި އެ ބޭންކުން ބުނެއެވެ.