ދ. ހުޅުދެލީގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ގާއިމު ކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ހުޅުދެއްޔަށް ވަޑައިގެން މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރްމަންޓް އެންޑް ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމްއެވެ.

އަދި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުޖްތަބާ ޖަލީލްއެވެ.

ހުޅުދެލީ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި އެ ރަށުގެ ކުނީގެ މައްސަލަ ހައްލު ކޮށްދިނުމަކީ ރިޔާސީ ވައުދެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ގިނަވެގެން ހަތަރު މަސް ދުވަހުގެ ތެރޭގައި، ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ވަސީލަތާއި މުވައްޒަފުން ހަމަކޮށް، ހިދުމަށް ދޭން ފެށޭނެކަމަށެވެ.

ރައީސް މިއަދު ވަނީ ހުޅުދެލީގައި ބޭންކް އޮފް މޯލްޑިވްސްގެ ސެލްފް ސަރވިސް އޭޓީއެމްގެ ހިދުމަތް ވެސް ފައްޓަވައިދެއްވައިފައެވެ. އެއީ ވެސް އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.