ކޮންމެ ރޯދަމަހެކޭ އެއްފަދައިން މި ރޯދަމަހުވެސް، އުރީދޫގެ ކަސްޓަމަރުންނަށް ހާއްސަ އެތައް ކަމެއް ވަނީ ތައްޔާރުކުރެވިފައެވެ.

އުރީދޫ އިން ބުނީ، މި ރޯދަމަހުވެސް ގިނަ އިނާމުތަކާ އޮފާތަކާއެކު ގާތް ތިމާގެ މީހުންނާ ރައްޓެހިންނާއި ގުޅުން ބަހައްޓަން ފަރުމާކޮށްފައިވާ ވަސީލަތްތައް ކަސްޓަމަރުންނަށް ތައާރަފްކުރުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ރޯދައިގެ ނޫރު – ރަމަޟާން މަހުގެ ދަތުރެއް

އުރީދޫގެ މި އަހަރު ދޯދަ ކެމްޕެއިނުގައި ކުޑަކުއްޖެއް ކަމަށްވާ ނޫރުގެ ފަރާތުން އޭނާގެ ފުރަތަމަ ރޯދަމަހުގެ ސިފަކުރުންތައް ގެނެސްދޭނެއެވެ.

ނޫރަށް އޭނާގެ ބައްޕަގެ ފަރާތުން ހާއްސަ ފޮތެއް ލިބުމާއެކު، ރަމަޟާން މަހުގެ ރިވެތި ސިފަތައް ކަމުގައިވާ ކެތްތެރިކަމާއި، ނަމާދާއި ދީލަތިކަން، ޒަމާނީ އިސްލާމީ ވާހަކަތަކުން ނޫރު ރޯދަމަހުގެ ދަތުރެއް ފަށައެވެ.

ނޫރުގެ ތަޖުރިބާ މެދުވެރިކޮށް، ރަމަޟާން މަހުގެ އަސްލަކީ، އެ މަހަށްވުރެ ވެސް ބޮޑަށް ފެތުރިފައިވާ އެއްޗެއްކަން ހަނދާންކޮށްދީ، އޯގާތެރިކަމާއި، ވިސްނުމާއި، އެއްބައިވަންތަކަމުން ފުރިގެންވާ ދިރިއުޅުމެއް އުޅުމަށް މަގުދައްކައިދެއެވެ.

އުރީދޫ ކަރާ ފެޅުން

ކުރީ ދެ އަހަރު އުރީދޫގެ ފަރާތުން ގެނެސްދެވުނު ހަދިޔާފޮށީގެ ކާމިޔާބާއެކު މިއަހަރު އުރީދޫގެ ސުޕަރ އެޕް މެދުވެރިކޮށް ގެނެސްދެނީ އުރީދޫ ”ކަރާ ފެޅުން“އެވެ.

ކޮންމެ ދުވަހަކު ވެސް ހިތްގައިމު އިނާމުތަކެއް ހޯދުމުގެ ފުރުސަތަކަށް އެޕުން ފެނިގެންދާ ކަރާ ފަޅާލުމަށް އެޕްގައި އެކްޓިވް އެންމެންނަށް ”ޓެޕް“ ކުރެވޭނެއެވެ.

އުރީދޫން ބުނީ، ކޮންމެ ދުވަހަކު ހިލޭ ޑޭޓާ އެޑް އޮންސް، އެއާފްރަޔަރ، ވެކިއުމް ކްލީނަރ، ނިންޓެންޑޯ ސްވިޗް، އެޕަލް ވޮޗް ފަދަ ހަދިޔާތަކާއެކު މި އަހަރު ކަރާ ފެޅުން އުފާވެރި މަޖާ ތަޖުރިބާއަކަށް ވެގެން ދާނެކަމަށް ޔަގީން ކުރާ ކަމަށެވެ.

އެގޮތުން ގްރޭންޑް ޕްރައިޒް ލިބޭ ފަރާތަކަށް އަގުހުރި 10 އެޕަލް ޕްރޮޑަކްޓްސްގެ ބިޔަ ބަންޑަލް އެއް ލިބޭނެއެވެ.

އޭގެ ތެރޭގައި ހިމެނެނީ:

އެޕަލް އައިފޯން 16 ޕްރޯ

މެކްބުކް އެއާ

އެއާޕޮޑްސް 4

އެޕަލް ވޮޗް

އެޕަލް ޓީވީ

އެޕަލް ހޯމްޕޮޑް

އެޕަލް އައިޕެޑް

އެޕަލް ޕެންސިލް

އެއަރޕޮޑްސް މެކްސް  65″ ޓީވީ އެވެ.