ހއ. އިހަވަންދޫގައި ހުންނަ އާމިނާދިޔޯ ސިއްހީ މަރުކަޒުގައި ކިޑްނީ ބަލީގެ މީހުންނަށް ދޭ ޑައިލިސިސްގެ ހިދުމަތް ރަސްމީކޮށް ދޭން ފަށައިފިއެވެ.
މި ހިދުމަތް އެރަށު ސިއްހީ މަރުކަޒުގައި ފައްޓަވާ ދެއްްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދެވެ.
ރައިސް މުއިއްޒު ޖެނުއަރީ 29 ވަނަ ދުވަހު އެރަށަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ހޮސްޕިޓަލު އިމާރާތް އެޅެން ދެން، ހިދުމަތްތައް ރަނގަޅު ފެންވަރަކަށް ގެނައުމަކީ ކުރާނެ ކަމެއްކަަން ހާމަކުރެއްވިއެވެ.
އެގޮތުން ޑަޔަލިިސިސް ހިދުމަތް ގާއިމް ކުރުމަށްޓަކައި ތައްޔާރީތައް ވަމުންދާ ކަމަށް ރައީސް އޭރު ވިދާޅުވިއެވެ.

