ހުޅުމާލޭ ސެންޓްރަލް ޕާކުގައި ގޮނޑި އާއި މޭޒު ބަހައްޓައިގެން ޕިކްނިކް ހެދުން ނުވަތަ އެނޫން ވެސް ކަމެއް ކުރާނަމަ، އެޗްޑީސީން ހުއްދަނަގަން ޖެހޭނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.
އެޗްޑީސީން ބުނީ، ހުޅުމާލޭގެ ޕާކެއް، ބީޗެއް ނުވަތަ އާންމު ކޮންމެ ސަރަހައްދެއްގައި ވެސް ޕިކްނިކް ހެދުން ފަދަ ކަންކަން ހުއްދައަކާ ނުލައި ކުރެވޭނެ ކަމަށެވެ.
ނަމަވެސް، އެ ކަމަކަށް ގޮނޑި އާއި މޭޒު ބޭނުންވާނަމަ ކުރިއާލާ އެޗްޑީސީން ހުއްދައެއް ނަގަން ޖެހޭނެ ކަމަށް އެޗްޑީސީން އާއްމު ކުރި މެސެޖުގައި ވެއެވެ.
މީގެ އިތުރުން، ހުޅުމާލެ ސާފު ތާހިރު ތަނަކަށް ހެދުމަށް އެ ކުންފުނީގެ އިންސްޕެކްޓަރުން އަބަދު ވެސް މަސައްކަތް ކުރާ ކަމަށާއި އެ މަސައްކަތުގެ ތެރެއިން ބައެއް ކަންކަން ސާފު ކުރުމަށް އާންމުންނާ ވާހަކަ ވެސް ދައްކަފާނެކަމަށް އެ މެސެޖުގައި ވެއެވެ.
އެޗްޑީސީގެ މެސެޖުގައި ވަނީ، މިފަދަ ބައެއް ހާލަތްތަކުގައި އިތުރު މައުލޫމާތު ސާފުކުރުމަށް މީހުންގެ ފޯނު ނަމްބަރު ވެސް އެޗްޑީސީގެ ފަރާތުން ނެގުން އެކަށީގެންވާކަމަށެވެ.

