ލުނބޯ ޗީޒް ޕޭންކޭކަކީ ހަވީރު ސަޔަށް ވަރަށް ކަމުދާނެ، މީރު ފޮނި އެއްޗެކެވެ. ތިރީގައި މިވަނީ އޭގެ ރެސިޕީއެވެ.
ތައްޔާރު ކުރުމަށް ބޭނުންވާނެ ތަކެތި:
އެއް ޖޯޑު ކްރީމް ޗީޒް
ދެ ބިސް
ފަސް ސަމުސާ ގޮދަން ފުށް
ދެ ސައިސަމުސާ ބަޓަރު
މުގުރާފަ ހުރި ހަކުރު
އެއް ސައިސަމުސާ ލުނބޯ ޖޫސް
ކުދިކޮށް ކޮށާފައި ހުރި ލުނބޯކޮޅެއް
ތައްޔާރު ކުރާނީ ކިހިނެއް؟
އެންމެ ފުރަތަމަވެސް، ޗީޒް ރަނގަޅަށް މިކްސްޗަރ އިން ގިރާލާށެވެ. ރަނގަޅަށް ގިރުމުން، ދެން ބިސް އަޅާފައި ގިރާށެވެ. އެއަށްފަހުގައި ފުށާއި، ހަކުރާއި އެއް ސަމުސާ ބަޓަރު ރަނޅަށް އެއްކޮއްލާށެވެ.
ބާކީ ހުރި ބަޓަރު ތަވަޔަކަށް އަޅާފައި، ހޫނުކޮއްފަ އެތެރޭގަ ހާކާލާށެވެ.
ތަވާ ހޫނު ވުމުން ގިރާފައި ހުރި ފުށްކޮޅުން ފޮޅި ފިހެލާށެވެ. ކޮންމެ ފުށެއްވެސް ރަނގަޅަށް ފިހެލަން ޖެހޭނެއެވެ.
ޕޭންކޭކް ފިހެވުމުން އޭގެ މައްޗަށް މުގުރާފަ ހުރި ހަކުރު ކޮޅު ފަތުރާލާށެވެ.
އޭގެ ފަހުގައި ކޮށާފައި ހުރި ލުނބޯ ކޮޅާއެކު ސާވް ކުރެވިދާނެއެވެ.
