ދެކުނު އޭޝިއާގެ އެކި ގައުމުތަކުގައި ގިނައިން ކެއުމުގައި ހިމަނަމުން އަންނަ އިނގުރަކީ ސިއްހީ ގޮތުން ވަރަށް ފައިދާ ހުރި އެއްޗެކެވެ. އިނގުރު އަޅައިގެން ތައްޔާރު ކުރާ ކެއުންތަކުގެ ރަހަ ރަނގަޅު ކޮށްލުމަށް، އެއީ ވަރަށް ބޮޑަށް އެހީތެރިވެދޭ އިންގްރެޑިއެންޓެއްވެސްމެއެވެ.

އެނގޭހެއްޔެވެ؟ އިނގުރަކީ ހަޖަމުކުރުމުގެ މަސައްކަތް އަވަސްކޮށްދީ، ބަނޑު އަވަހަށް ހުސްކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. ހަޖަމުކުރުމުގެ މައްސަލަތަކާއި އައިބީއެސް ފަދަ މައްސަލަތައް ހުންނަ މީހަކަށް، އެ މީހެއްގެ ޑައިޓަށް އިނގުރު އިތުރުކޮށްގެން، މިކަންކަމަށް ލުޔެއް ހޯދިދާނެ އެވެ.

އިނގުރަކީ އޭގައި ހިމެނޭ ބަޔޯއެކްޓިވް ކޮމްޕައުންޑް ކަމުގައިވާ ޖިންޖެރޯލް ގެ ސަބަބުން އޭގެ އެންޓިމައިކްރޯބިއަލް އަދި އެންޓިފަންގަލް ޕްރޮޕަޓީސް އާއި އެކު ހަށިގަނޑުގެ ދިފާއީ ނިޒާމު އިތުރުކޮށްދޭ އެއްޗެކެވެ.

އިނގުރާ ބެހޭގޮތުން ހެދިފައިވާ އެކި ދިރާސާތަކުން ދައްކާގޮތުގައި ޖިންޖެރޯލް އިން ލިބޭ ބައެއް ފައިދާތަކުގެ ސަބަބުން ބައެއް ކަހަލަ ކެންސަރުތަކުން ދުރުކޮށްދެއެވެ.

މިއީ ފަރުވާއެއް ނޫން ނަމަވެސް، އޭގެ އެންޓިއޮކްސިޑެންޓް އަދި އެންޓި-އިންފްލެމޭޓަރީ ޕްރޮޕަޓީސް އަކީ ހަށިގަނޑު ރައްކާތެރިކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. އިނގުރަކީޫވެސް ވެސް ކެންސަރުގެ ފަރުވާއާ ގިނަ ފަހަރަށް ގުޅިފައިވާ މާޔޫސްކަމާއި ވޭނުގެ އަލާމާތްތައް ކުޑަކުރުމަށް އެހީތެރިވާ އެއްޗެކެވެ. މިގޮތުން ކީމޯތެރަޕީ ހަދަމުން އަންނައިރު، ކެއުމުގައި އިނގުރު ހިމެނުމަކީ ބޮލުގައި ރިއްސުން ނުވަތަ ހޮޑުލުމުގެ ސަބަބުން ފަރުވާގެ ސައިޑް އިފެކްޓްތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް އެހީތެރިވެދޭ ކަމެކެވެ.

އެނގޭހެއްޔެވެ؟ އިނގުރަކީ ގުދުރަތީ ގޮތުން ތަދު ކުޑަކޮށްދޭ އެއްޗެއްވެސްމެއެވެ. އެހެންކަމުން، މިއީ ގުދުރަތީ ޕެއިން ކިލާއެކެވެ. މިކަމުގެ ސަބަބުން އޯވަރ ދަ ކައުންޓާ ޕެއިން ބޭސްތަކުގެ ރަނގަޅު ސަބްސްޓިޓިއުޓެއްގެ ގޮތުގައި އިނގުރު ބޭނުންވެސް ކުރެވިދާނެއެވެ.

ޖިންޖަރގެ އެންޓި-އިންފްލެމޭޓަރީ ޕްރޮޕަޓީސް އަކީ ވެސް ރުޅިގަދަ ވެފައިވާ ހަންގަނޑަށް ޝިފާ އެއް ދިނުމުގައި އެހީތެރިވާ އެއްޗެކެވެ.