މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ބޯޑު މެންބަރުކަމަށް މުހައްމަދު ވަހީދު އައްޔަނު ކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ބުނީ އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް، ހއ. ފިއްލަދޫ، މަބުސްތާނުގެ، މުހައްމަދު ވަހީދު މިއަދު އައްޔަންކުރައްވާފައިވާ ކަމަށެވެ.
ވަހީދު އެންމެ ފަހުން ހުންނެވީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބޯޑު މެންބަރުކަމުގެ މަގާމުގައެވެ.
އެޗްޑީސީގެ ބޯޑަށް 2023 ވަނަ އަހަރު ޑިސެމްބަރު މަހުގެ ތެރޭގައި އައްޔަންކުރުމަށްފަހު، އޭނާ އެ މަގާމުން ވަކިކޮށްފައިވަނީ މިދިޔަ މަހުގެ ހަ ވަނަ ދުވަހުއެވެ.

