ރާއްޖޭގެ ރަށެއްގައި ބަޔަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އިން މިއަދު މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލައަކީ ނޯތު ޕޮލިސް ރީޖަން (ނ، ރ، ބ، ޅ) ގައި ހިމެނޭ ރަށެއްގައި އުމުރުން 17 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ކަމަށެވެ.

އިތުބާރުކުރެވޭ މަގާމެއްގައި ތިބި ބަޔަކު އުމުރުން 17 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި އެ މައްސަލަ ރިޕޯޓުކޮށްފައިވަނީ މިދިޔަ ޖުނުއަރީ މަހުގެ 20 ވަނަ ދުވަހު ކަމަށާއި އެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

”‏އަސުރަށް“ މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މި މައްސަލައިގައި ހައްޔަރު ކުރީ ދެމީހަކު ކަމަށެވެ.

ފުލުހުން ބުނީ ގުޅުންހުރި އިދާރާތަކާއެކު އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.