ހުޅުމާލޭން ގެއްލިގެން ހޯދަމުންދިޔަ 15 އަހަރުގެ އަންހެން ކުއްޖާ ފޭސް އެކެއްގައި ހުއްޓާ ފެނިއްޖެއެވެ.

ފުލުހުން ބުނީ، އެ ކުއްޖާ ފެނުނީ މެންދުރު 12:18 ހާއިރު ކަމަށާއި އޭނާގެ ހާލު ވެސް ރަނގަޅު ކަމަށެވެ.

މިކަމާ ގުޅޭ އިތުރު ތަފްސީލް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

”މި މައްސަލައާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން.“ ފުލުހުން މީޑީއާތަކަށް ފޮނުވި މެސެޖުގައިވެއެވެ.

މިކަމާ ގުޅިގެން ފުލުހުން މިއަދު ކުރިން ބުނީ ގެއްލިގެން ހޯދަމުން ދިޔައީ ހުޅުމާލެ ފޭސް ދޭކުން ސްކޫލަށް ދިޔަ އަންހެން ކުއްޖެއް ކަމަށެވެ.

ފުލުހުންނަށް އެމައްސަލަ ހުށައަޅާފައިވަނީ މިއަދު ހެނދުނު 8:30 ހާއިރުއެވެ.