ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރު ކުރަން ބޭނުންވާ މީހަކު ހޯދަން އިއުލާނުކޮށްފިއެވެ.
ފުލުހުން ބުނީ، އިސްމާއީލް ސަމީމް ، ނަސީމީވިލާ / ށ.މިލަންދޫ (29އ) ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން އޭނާ ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.
ފުލުހުން ބަލަމުންދާ މައްސަލައިގެ ތަހުގީގަށް އޭނާއާ ސުވާލު ކުރުމަށް ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަން އަށް މި މަހުގެ 14 ވަނަ ދުވަހުގެ ހެނދުނު 11:30 އަށް ހާޒިރު ވުމަށް އަންގާ ކަމަށެވެ.

