ދުނިޔެ ދެކެމުންދާ ކުރިއެރުމާއި ކާމިޔާބީގެ ފަހަތުގައި ތިބި ހަގީގީ ބަތަލުންނަކީ މަންމައިން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ދުނިޔޭގެ މަންމައިންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ، މަންމައިންގެ ދުވަސް ހަނދާންކޮށްދެނީ އެންމެ އަގުހުރި ގުރުބާނީ އާއި މައިވަންތަކަމުގެ ލޯބި ކަމަށާއި، މި އުފާވެރި ދުވަހުގެ ތަހުނިޔާ މަންމައިންނަށް ފޮނުވަނީ ހެޔޮ ދުއާތަކާއެކުގައި ކަމަށެވެ.
ދުނިޔޭގެ މަންމައިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް މެއި މަހުގެ ދެވަނަ އާދީއްތަ ދުވަހުއެވެ.

