ހުޅުމާލޭގައި ޒަމާނީ ފެންވަރުގެ ނާސަރީއެއް ހެދުމަށް އެއްބަަސްވުމެއްގައި ސޮއިކޮށްފިއެވެ.
ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ނާސަރީ ހެދުމަށް އެއްބަސްވުމުގައި މިއަދު ސޮއިކުރީ އެންވަޔަރަންމަންޓް މިނިސްޓްރީ އާއި އެޗްޑީސީ)އާ ދެމެދުއެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ތޯރިގު އިބްރާހީމްއެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓާ މުހައްމަދު މައުރޫފު ޖަމީލްއެވެ.
މި އެއްބަސްވުމުގެ ދަށުން 55،000 އަކަފޫޓުގެ ބިމެއްގަައި ނާސަރީ ޑިޒައިންކޮށް އަދި ހަދައިދެނީ އެޗްޑީސީ އިންނެވެ.
ނާސަރީ ނިމުމުން އެތަނުގައި ތަމްރީނުދޭ ކޮޓަރިތަކާއި އޮފީސް ބަޔަކާއި ލެބޯޓަރީއެއްގެ އިތުރަށް ގްރީންހައުސްއެއްވެސް ހުންނާނެއެވެ.
ނާސަރީ ހަދަނީ ސަރުކާރުން ފަށާފައިވާ ފަސް މިލިއަން ގަސް ޕްރޮގުރާމަށް ބޭނުންވާ ގަސް ހެއްދުމަށާއި އެ ޕްރޮގުރާމަށް ފަހުވެސް ބޭނުންވާ ގަސް ލިބޭނެ ގޮތް ހެދުމަށެވެ.

