”ކިޑްސް އެތްލެޓިކްސް ޑޭ 2025“ ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު، ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މި ހަރަކާތް ކުރިއަށްދިޔައީ އިއްޔެ ހަވީރު ހުޅުމާލޭ ސިންތެޓިކް ޓްރެކްގައެވެ.
މި ހަރަކާތަކީ ކްލަބް ރޭސަރސްއިން، އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް، މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އަދި ޔުނިސެފް ގުޅިގެން ބޭއްވި އެއް ދުވަހުގެ ހާއްސަ ހަރަކާތެކެވެ.
”ކިޑްސް އެތްލެޓިކްސް 2025“ ގައި ބައިވެރިވި ހުރިހާ ކުދިންނަށް މެޑަލް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އިތުރުން، މިނިސްޓަރ އޮފް ހެލްތް އަބްދުﷲ ނާޒިމް އިބްރާހީމް، ސްޕޯޓްސް ކޮމިޝަނަރ މުޙައްމަދު ތޮލާލް، ޔުނިސެފުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް ޑޮކްޓަރ އެޑްވާޑް އަޑާއީ އަދި އެތްލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު މުސްތަފާއެވެ.
މި ހަރަކާތުގެ މަގްސަދަކީ ކުޑަކުދިންގެ މެދުގައި ދުޅަހެޔޮ އާދަތައް އާލާކުރުމަށް ހިތްވަރުދިނުމެވެ.

