ބ.ގޮއިދޫގައި ބިދޭސީ ޓީޗަރަކު އެއްޖިންސުން ގުޅުން ހިންގުމަށް އެކި މީހުންނަށް މެސެޖު ކުރި މައްސަލައެއް ބަލަން ފަށައިފިއެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ”އަސުރަށް“ ވިދާޅުވީ، ގޮއިދޫގައި ބިދޭސީ ޓީޗަރަކު އެކި އެޕްލިކޭޝަން ބޭނުންކޮށްގެން، މީހުންނަށް މެސެޖުކޮށް، އެއްޖިންސުން ގުޅުން ހިންގަން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އިއްޔެ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައިގެ މައުލޫމާތު ކަމާ ގުޅުންހުރި މުއައްސަސާތަކާ ހިއްސާކޮށް، އެ ތަންތަނާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.

އެއްޖިންސުން ގުޅުން ހިންގަން މަސައްކަތް ކުރި ޓީޗަރުގެ ބައެއް ފޮޓޯތަކާއި، އޭނާ އެހެން މީހުންނަށް ފޮނުވި މެސެޖުތައް ކަމަށް ބުނާ މެސެޖުތަކެއް ފޭސްބުކްގައި އަންނަނީ ދައުރު ކުރަމުންނެވެ.

މި މައްސަލައިގައި ހިމެނެނީ އިނގެރޭސި ޓީޗަރެއްކަން އެނގިފައިވެއެވެ.

 

 

ަ