ދިވެހި ހައްޖުވެރިންނަށް ހާއްސަ ކްލިނިކެއް ސައުދީ އަރަބިއްޔާގައި ގާއިމުކޮށްފިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިއްޔެ ވިދާޅުވީ ހައްޖު މޫސުމުގައި ރާއްޖޭގެ ހައްޖުވެރިންނަށް ހާއްސަ ކްލިނިކެއް ހަދަން ސައުދީގެ ސަރުކާރުން ދިވެހި ހައްޖު މިޝަނަށް ރަސްމީކޮށް ހުއްދަ ދީފައިވާ ކަމަށެވެ.
ދިވެހި ހާޖީންނަަށް ރަސްމީކޮށް ކްލިނިކް ގާއިމު ކޮށްފައިވަނީ މައްކާގެ އަބީރު ހޮސްޕިޓަލާ ގުޅިގެން، ހާޖީން ތިބޭ ހައްޖު ކޯޕަރޭޝަންގެ ހޮޓަލުގައި ކަމަށް ވެސް މިނިސްޓަރުވވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ހައްޖު ކޯޕަރޭޝަނުން ވަނީ ސިއްހީ ފުރިހަމަ ނިޒާމެއް ކްލިނިކްގައި ގާއިމުކޮށްފައި ކަމަށާއި ބޭސްފަރުވާއާއި ހޮސްޕިޓަލް ބެޑް ވެސް ކްލިނިކުގައި ގާއިމުކޮށްފައިވާ ކަމަށެވެ.
”މިއީ މިގޮތަށް ސައުދީ ހޮސްޕިޓަަލަކާ ގުޅިގެން އަދި ރަސްމީކޮށް ކްލިނިކް ގާއިމު ކުރެވިގެންދާ ފުރަތަމަ ފަހަރު،“ ޝަހީމް ވިދާޅުވިއެވެ.

