ސްޓެލްކޯގެ ކަރަންޓް ޑިސްޓްރިބިއުޝަން ޕެނަލެއްގެ ކޭބަލްތައް ބުރިކޮށް، ގެއްލުން ދިން މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅޭގޮތުން ފުލުހުން ބުނީ، ކޭބަލްތައް ބުރިކޮށް ގެއްލުން ދިންކަމުގެ ތުހުމަތުގައި ނަސީމީވިލާ / ށ.މިލަންދޫ، އިސްމާޢީލް ސަމީމް (29އ) ކުށުގެ ވެށިން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މި ޕެނަލަށް ދީފައިވާ ގެއްލުމުގެ ސަބަބުން ހަތް ގެއަކުން ކަރަންޓު ކެނޑިފައިވާ ކަމަށް ފުލުހުން ބުނެއެވެ.