ރާއްޖޭގެ ސަރަޙައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވާނެކަމަށް ބެލެވޭތީ ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް މެޓު އޮފީހުން ލަފާކޮށްފިއެވެ.

މެޓުން ނެރުނު ނޫސްބަޔާނެއްގައި ވަނީ މާދަމާއިން ފެށިގެން މިމަހުގެ 31 އަށް އުތުރާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ވައިގަދަވެ ކަނޑުތައް ގަދަވެ އުދައަރާނެކަމަށް ލަފާކުރެވޭކަމަށެވެ.

އަދި އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ވިއްސާރަކޮށް ގުގުރުންވެސް އެކަށީގެންވާކަމަށް ވެސް މެޓުން ބުނެއެވެ.

އަދި ވައިގަދަވެ ކަނޑުތައްގަދަވާނެކަމަށް ބެލެވޭތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާއި ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށް ވެސް މެޓުން އިލްތިމާސްކުރެއެވެ.

އެ އިދާރާ އިން ބުނީ، ރާއްޖޭގެ ހުރިހާ ހިސާބަކަށް މިހާރު ވަނީ ހުޅަނގު މޫސުން ވެސް ފެށިފައި ކަމުގައެވެ. މިހާރު ހިނގަމުން މި ދަނީ އެ މޫސުމުގެ ރޯނު ނަކަތެވެ.

 

ު

ި