މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ދާ ހައްޖުވެރިންގެ ތިން ވަނަ ގުރޫޕް ފުރައިފިއެވެ.
ހައްޖުވެރިންގެ ތިން ގުރޫޕް ފުރާފައިވަނީ 6:30 ހާއިރު ދިވެހިންގެ ގައުމީ އެއާލައިން، މޯލްޑިވިއަންގައެވެ.
އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި، މިފްލައިޓުގައި 251 މީހުން ފުރާފައިވެއެވެ.
މި ފްލައިޓް ޖިއްދާ އެއަރޕޯޓްގައި ޖައްސާނެކަމަށް ލަފާކުރަނީ ރާއްޖެ ގަޑިން މެންދުރުފަހު 11:30 ހާއިރުއެވެ.
ކުރީ އަހަރުތަކެކޭ އެއްގޮތަށް ޙައްޖުވެރިން އެއަރޕޯޓަށް ދިއުމުގައި މިއަހަރުވެސް ސަރުކާރުން ވަނީ ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދީފައެވެ.
އެގޮތުން މާލެއާއި ހުޅުމާލެއިން ބަހުގައި ދަތުރުކުރެވޭނެ އިންތިޒާމްތައް ހަމަޖައްސާފައިވެއެވެ.
މިއަދު ހައްޖުވެރިންގެ ތިން ވަނަ ގުރޫޕް މިއަދު ފުރާފައިވާއިރު، ހައްޖުވެރިންގެ ފަހު ފްލައިޓު ފުރާނީ ހުކުރު ދުވަހުއެވެ.
ދިވެހި ހައްޖުވެރިން މިފަހަރު މައްކާއަށް ފުރަނީ، ސައުދީ އަރަބިއްޔާގެ އިމިގްރޭޝަންގެ ހުރިހާ މަރުޙަލާއެއް ފުރިހަމަކުރުމަށްފައެވެ.
މި ހިދުމަތް ދިވެހިންނަށް ފަހިވެފައިވަނީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ހާއްސަ އިރުޝާދުގެ ދަށުންނެވެ.

