ސައްހަ ވިސާ ނެތި ރާއްޖޭގައި އުޅެމުން އައި އިތުރު 25 ބިދޭސީއަކު އިމިގްރޭޝަނުން އަތުލައިގެންފިއެވެ.

އިމިގްރޭޝަނުން ބުނިގޮތުގައި، އެ މީހުން އަތުލައިގަތީ މި މަހުގެ 29  ވަނަ ދުވަހުގެ ރޭ ވަނީ މާލޭގެ ދެ ތަނެއް ބަލައި ފާސްކޮށްފައެވެ.

އެގޮތުން އެ ރޭގެ އޮޕަރޭޝަންގައި ޖުމްލަ 102 ބިދޭސީން ޗެކްކޮށްފައިވެއެވެ.

އޭގެތެރެއިން ހެންވޭރުގައި ހުންނަ ގެއަކުން 7 ބިދޭސީއަކާއި، މާފަންނު ހަވީރީ ގޯޅީގައި ހުންނަ ބިދޭސީން ދިރިއުޅެމުން ދިޔަ ތަނަކުން 18 ބިދޭސީންނާއެކު ޖުމްލަ 25 ބިދޭސީން އަތުލައިގެންފައިވެއެވެ.

ރާއްޖޭގައި ގަވައިދުތަކާ ހިލާފަށް ބިދޭސީން އުޅޭ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.