ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޕޮލެންޑްގެ އިންތިހާބީ ރައީސް ކާރޯލް ނަވްރޮޓްސްކީ، އެ ގައުމުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ހޯއްދެވި ކާމިޔާބީ ފާހަގަކުރައްވައި ތަހުނިޔާ ފޮނުއްވައިފިއެވެ.
ޕޮލެންޑްގެ އިންތިހާބީ ރައީސަށް ރައީސް ފޮނުއްވި މެސެޖުގައި، އިންތިހާބީ ރައީސްގެ އިސްނެންގެވުމުގެ ދަށުން ޕޮލެންޑްގެ ރައްޔިތުން އެދޭ އުސްމިންތަކަށް އެ ގައުމު ގެންގޮސްދެވޭނޭކަމުގެ ޔަގީންކަން އެބައޮތްކަމަށް ވިދާޅުވެ، އެމަނިކުފާނާ ހަވާލުކުރެވިފައިވާ ޒިންމާތައް އަދާކުރެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގެންފައިވެއެވެ.
އަދި ރައީސްގެ މެސެޖުގައި ވަނީ، އިންތިހާބީ ރައީސަށް ދުޅަހެޔޮކަމާއި އުފާވެރިކަމަށް އެދިވަޑައިގެން، ޕޮލެންޑްގެ ރައްޔިތުންނަށް އަމާންކަމާއި ސުލްޙަމަސަލަސްކަމަށް އެދިވަޑައިގެންފައެވެ.

