މި އަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާ އިއްޔެ ރާއްޖެއަށް އަތުވެއްޖެއެވެ.

މި އަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިއަކަށް ހޮވުނީ ކާޖަލް ސިންހް ނަމަކަށް ކިޔާ އިންޑިއާ ފަތުރުވެރިއެކެވެ. މިއީ އޭނާ ރާއްޖެ އައި ފުރަތަމަ ފަހަރެވެ.

ކާޖަލްއަށް މަރުހަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަފްލާއެއް ބާއްވާފައިވެއެވެ.

އެ ހަފްލާގައި ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް އާއި އެމްއޭސީއެލް އަދި އެމްއެމްޕީއާރުސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.