މ.މުލީ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް ފުލުހުން އަންގައިފިއެވެ.

އެގޮތުން ތަހުގީގަށް ހާޒިރުވާާން ފުލުހުން އެންގީ ނ.މަނަދޫ / ރީހުއްސަބާ، އަހުމަދު ހިޝާމް (35އ)އެވެ.

ފުލުހުން ބުނީ އޭނާ ހާޒިރު ކުރަނީ، މައްސަލައިގެ ތަހުގީގަށް ތުހުމަތުގައި ސުވާލުކުރުމަށް ކަމަށެވެ.

ފުލުހުން ބުނީ، އޭނާ ހާޒިރު ވާން ޖެހޭނީ މ.މުލީ ޕޮލިސް ސްޓޭޝަނަށް ނުވަތަ އެންމެ ކައިރި ޕޮލިސް ސްޓޭޝަންއަކަށް، 2025 ޖޫން 15 ވަނަ ދުވަހުގެ 14:00 އަށް ކަމަށެވެ.