ގދ. ގައްދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަހުމަދު ރަޝީދު ނިޔާވުމުން އޭނާގެ އާއިލާއަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ކުރީގެ މެމްބަރު ރަޝީދު ނިޔާވީ ކެންސަރަށް ފަރުވަ ހޯއްދަވަމުން ދަނިކޮށް މިއަދުގެ ވަގުތެއްގައެވެ.

ރަޝީދުގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެ، ރައީސް ވަނީ ރަޝީދާ އެކުގައި ސިޔާސީ ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާ ކަމަށް ވިދާޅުވެފައެވެ.

އޭނާ ނިޔާވުމާ ގުޅިގެން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަޝީދަކީ އެކުގައި މަސައްކަތް ކުރަން ފަސޭހަ، މީހުނާ ގުޅިގެން މަސައްކަތް ކުރެއްވުމުގައި ވަރަށް ފާހަގަ ކުރެވޭ ބޭފުޅެއް ކަމަށެވެ.