ސައްހަ ނޫން ޓްރާންސްފާ ސްލިޕް ފޮނުވި މައްސަލައެއްގެ ތަހުގީގަށް ހާޒިރުވާންޖެހޭ މީހަކު ނުފެނިގެން އޭނާ ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަނުން ތަހުގީގުކުރަމުން އަންނަ، ސައްހަ ނޫން ޓްރާންސްފާ ސްލިޕް ފޮނުވާފައިވާ މައްސަލައެއްގެ ތަހުގީގަށް ހޯދަމުންދަނީ ހދ. މަކުނުދޫ، ލުނބޯގަސްދޮށުގެ އާއިޝަތު މަލީހާ 22އ ކަމަށެވެ.
ފުލުހުން ބުނީ މަލީހާގެ ވަނަވަރާއި ފޮޓޯ އާންމުކުރީ މިމަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށް ހާޒިރުވާން ޖެހޭތީ ކަމަށެވެ.
ފޭކް ސްލިޕް ފޮނުވައިގެން ގަނެފައިވާ އެއްޗެއް ނުވަތަ ހޯދާފައިވާ ހިދުމަތެއްގެ ތަފުސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

