އާންމު ދަތުރުފަތުރުތަކަށް ބުރޫއަރާ ގޮތަށް މާލޭގެ މައި މަގު ކަމަށްވާ މަޖީދީމަގުގައި ގަވާއިދާ ހިލާފަށް ޕާކުކުރާ ވެހިކަލްތައް ޓޯކުރަން ފަށައިފިއެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ މަޖީދީ މަގުގައި އާންމު ދަތުރުފަތުރާއި ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާ ގޮތަށް ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ ވެހިކަލްތައް ޓޯ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަދި އެފަދަ ވެހިކަލެއް ދުއްވި މީހަކާ މެދު ވެސް ފިޔަވަޅު އަޅާނެ ކަމަށާއި ޓޯކުރާ ވެހިކަލްތައް ދޫކުރާނީ 48 ގަޑިއިރު ފަހުން ކަމަށް ވެސް ބުންޏެވެ.

ފުލުހުން ބުނީ ގަވާއިދާ ހިލާފަށް މަޖިދީ މަގުގައި ޕާކްކުރާ ވެހިކަލްތައް ޓޯކުރަން ފެށި މަސައްކަތުގެ ދަށުން އިއްޔެ ވެސް 42 ވެހިކަލެއް ޓޯކޮށްފައިވާ ކަމަށެވެ.

އެއީ 37 ސައިކަލާއި ހަތަރު ފުރޮޅުލީ ފަސް ވެހިކަލު ކަމަށް ބުންޏެވެ.

މާލޭގެ މެދަށްވާ ގޮތަށް އޮންނަ ކާރޫބާރޫ ބޮޑު މަޖީޖީ މަގަކީ އެ މަގުގެ ދެ ފަރާތުގައި ވެސް ޕާކު ކުރުން މަނާ މަގެކެވެ.