އީރާނުން އިޒްރޭލަށް ދިން މިސައިލު ހަމަލާތަކެއްގައި ހަތް މީހުން މަރުވެއްޖެއެވެ.

މި ހަމަލާތައް ދީފައިވަނީ އިޒްރޭލުގެ ޓެލް އަވީވް އަދި ހައިފާ ސިޓީގެ ސަރަހައްދުތަކަށެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި، އީރާނުން މި ހަމަލާތައް ދީފައިވަނީ އެ ގައުމުގެ މީހުން ދިރިއުޅޭ ސަރަހައްދުތަކަށާއި އޮއިލް ސައިޓުތަކަށް އިޒްރޭލުގެ އަސްކަރިއްޔާއިން ދިން ހަމަލާތަކުގެ ރައްދެއްގެ ގޮތުންނެވެ.

އިޒްރޭލުން ބުނީ ހަމަލާތައް ދިނީ، އީރާނުގެ ނިއުކްލިއަރ ސައިޓުތަކަށް ކަމަށެވެ.

މި ހަމަލާތަކުގައި ގިނަ ބަޔަކު ޒަހަމްވެފައިވާއިރު، ޓެލް އަވީވްއަށް ދިން ވައިގެ ހަމަލާތަކެއްގައި 35 މީހަކު ގެއްލިފައިވާ ކަމަށް އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވެއެވެ.

އިޒްރޭލާ އީރާނާ ދެމެދު ހަނގުރާމައެއް ފެށިފައިވާއިރު، އީރާނުން މިހާތަނަށް ފޮނުވައިލި ގިނަ މިސައިލުތަކެއް އިޒްރޭލުން ހުއްޓުވައިފައިވެސް ވެއެވެ.

އިޒްރޭލުގެ ވައިގެ ޑިފެންސް އެންމެ ބޮޑަށް ބަރޯސާ ވަނީ ”އަޔަން ޑޯމް ސިސްޓަމް“ އަށެވެ. ކުރު އަދި ދުރު ރާސްތާ މިސައިލުތައް ހުއްޓުވުމުގައި މި ސިސްޓަމުން ވަރަށް ބޮޑު ދައުރެއް އަދާ ކުރެއެވެ.

އިޒްރޭލު-އީރާން ހަނގުރާމައާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ އީރާނަށް އިންޒާރު ވެސް ދީފައެވެ.

އެމެރިކާގެ އަސްކަރިއްޔާ އަށް 250 އަހަރު ފުރުން ފާހަގަ ކުރުމަށް ވޮޝިންޓަންގައި ބޭއްވި ރެލީއެއްގައި ޓްރަމްޕް ވިދާޅުވީ، އެމެރިކާގެ މަސްލަހަތު ހިމެނޭ އެއްވެސް ކަމަކަށް ހަމަލާ ދީފިނަމަ، އެ ގައުމުގެ ސިފައިން އެބަޔަކާ ކުރިމަތިލާނެ ކަމަށާއި، ބައްޔަކީ އެމެރިކާގެ ދުޝްމަނުންނަށް ޔަގީން އެއްޗެއް ކަމަށެވެ.

އިރާނާއި އެމެރިކާގެ ނިއުކްލިއާ މަޝްވަރާތައް ވެސް ވަނީ ކެންސަލްކޮށްފިއެވެ.

މި ދެ ގައުމު ގުޅިގެން ފަށާފައިވާ މަޝްވަރާތަކުގެ ހަވަނަ ބުރު މިއަދަށް ތައާވަލު ކޮށްފައި އޮތް ނަމަވެސް އެ ބައްދަލުވުން ކެންސަލްކޮށްފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

 

 

ަ

 

 

 

 

 

 

ީ