މަސްތުވާތަކެއްޗާއެކު ބ.ގޮއިދޫން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގޮއިދޫ / ފަތިސް، ޔާމީން ފައިސަލް (34އ) އެވެ.
އޭނާ ހައްޔަރުކުރުމަށް އޮޕަރޭޝަން ހިންގާފައި ވަނީ މި މަހުގެ 21 ވަނަ ދުވަހުއެވެ.
ފުލުހުން ބުނީ ޔާމީން ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 18 ކަރުދާސްކޮޅު ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

