ހއ.ހޯރަފުށީގެ މަގުތަކުގައި ތާރު އެޅުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މި މަޝްރޫއުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރު އަސްލަމްގެ އިތުރުން ސްޓޭޓް މިނިސްޓަރު އަކްރަމް، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އަދި ރީޖަނަލް އެއަޕޯޓުގެ މެނޭޖިން ޑިރެކްޓަރު ރިޒްވީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ހއ. ހޯރަފުށީ މަގުތަކުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވައިފި.
ޕްރެސް ރިލީޒް: https://t.co/4SjYIp196D pic.twitter.com/hPffP6En0t
— MTCC Plc (@MTCCPlc) September 29, 2022
ހޯރަފުށީގެ 11 މަގެއްގައި ތާރު އެޅުމުގެ މަސައްކަތް މިވަނީ ފެށިގެން ގޮސްފައެވެ. އެންމެ ފުރަތަމަ ތާރުއަޅަން ހަމަޖެހިފައިވަނީ އެރަށުގެ ބަގީޗާ މަގުގައެވެ.
މި މަޝްރޫއު ޑިސެމްބަރުމަހުގެ ނިޔަލަށް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް، މަޝްރޫއުގެ މަސައްކަތް ކުރާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެއެވެ.
