ހުޅުމާލެ ފޭސް2ގެ ވިނަރެސް ފްލެޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ، ހުޅުމާލޭ ފޭސް 2 ވިނަރެސް ފްލެޓް 9 ގެ 13 ވަނަ ފަންގިފިލާގެ 6 ވަނަ އެޕާޓްމަންޓުން ދުން އަރާކަމުގެ މައުލޫމާތު މިއަދުގެ 07:41 ހާއިރު ލިބުނު ކަމަށެވެ.

އަދި ހުޅުމާލޭ ފަޔަރ ސްޓޭޝަން އިން ވަނީ ހަރަކާތްތެރިވެ، ރޯވެފައިވާ އަލިފާން ނިއްވާލާފައިވާ ކަމަށް މައުލޫމާތުދިނެވެ.

”އަލިފާން ރޯވެފައިވަނީ ގޮދަޑިއެއްގައި.“ އެމްއެންޑީއެފުން މީޑިއާއަށް މައުލޫމާތު ދީފައިވެއެވެ.

އެމްއެންޑީއެފުން ބުނީ، މި ހާދިސާގައި މީހަކަށް އަނިޔާވެފައިނުވާ ކަމަށެވެ.