ބީޓްރޫޓަކީ ކެލޮރީ މަދު ނަމަވެސް ކޮންމެހެން ބޭނުންވާ ވިޓަމިންތަކާއި މިނަރަލްސް އިން މުއްސަނދި ވެފައިވާ އެއްޗެކެވެ.

މިގޮތުން ބީޓްރޫޓްގައި ހިމެނޭ ބައެއް ނިއުޓްރިއެންޓްސްއަށް ބަލާއިރު؛

ފޯލޭޓް (ވިޓަމިން ބީ9):

މިއީ ސެލްތައް ތަރައްގީ ކުރުމަށާއި ހިތުގެ ދުޅަހެޔޮކަމަށް ވަރަށް މުހިންމު މާއްދާއެކެވެ.

މެންގަނީޒް:

މިއީ ކަށިތައް ވަރުގަދަ ކުރުމަށާއި، މެޓަބޮލިކް ޕްރޮސެސްތައް ދެމެހެއްޓުމަށް އެހީތެރިވެދޭ އެއްޗެކެވެ.

ޕޮޓޭސިއަމް: ލޭގެ ޕްރެޝަރު ރެގިއުލޭޓް ކުރުމުގައި ޕޮޓޭސިއަމް އެހީތެރިވެދެއެވެ.

ވިޓަމިން ސީ: މިއީ ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ ވިޓަމިންއެކެވެ.

ދަގަނޑު: ލޭ އުފެދުމަށް ވަރަށް މުހިންމު މާއްދާއެކެވެ.

ބީޓްރޫޓް ކާންޖެހެނީ ކީއްވެ؟

ތަފާތު އެކި ކުޅިވަރުތައް ކުޅެ އުޅޭ މީހުންގެ މެދުގައި ބީޓްރޫޓަކީ ވަރަށް މަގުބޫލު އެއްޗަކަށް ވެފައިވާ އެއް ސަބަބަކީ، މިއީ ލޭ ދައުރުކޮށްދިނުމަށް އެހީތެރިވެދީ، ސްޓްރޯކް ޖެހުމުން ދުރުކޮށްދޭ އެއްޗެއް ކަމުގައިވާތީ ކަމަށް ސިއްހީ މައުލޫމާތު ހިމެނޭ ލިޔުންތަކުގައިވެއެވެ.

ބީޓްރޫޓް ޖޫސް ތަށްޓެއް

 

ބީޓްރޫޓްގައި ޑަޔަޓްރީ ފައިބަރު ހިމެނޭ މިންވަރު ގިނައެވެ. މިއީ ހަޖަމު ކުރުމުގެ ނިޒާމު މަސައްކަތް ކުރުމަށް އެހީވެދޭ މާއްދާއެކެވެ. އެހެންވެ، ބަނޑު ހަރުވުމުގެ މައްސަލަ ދިމާވާނަމަ، ބީޓްރޫޓް ޖޫސް ބުއިމަކީ އެކަމަށް އޮތް ހައްލަކަށް ވެދާނެއެވެ.

 

ބީޓްރޫޓް

އިންފްލެމޭޝަންގެ ސަބަބުން ރާއްޖެ ބައްޔާއި، ހިތުގެ މައްސަލަތައް، އަދި ކެންސަރު ޖެހުމަށް ވެސް މަގުފަހިވެއެވެ. ބީޓްރޫޓުގައި ހިމެނޭ އެންޓި-އިންފްލެމޭޓަރީ މާއްދާތަކަކީ އިންފްލެމޭޝަން އިން ދުރުކޮށްދޭ މާއްދާތަކެކެވެ.

ސެލަޑް ހަދައިގެންނާއި، ޖޫސް އަދި ސްމޫތީ ވެސް ތައްޔާރު ކޮށްލެވޭ މި ތަރުކާރީ އަކީ ކެއުމުގައި ކޮންމެހެން ވެސް ހިމަނަންޖެހޭ އެއްޗެކެވެ.