ކުޅިވަރުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް އޮލިމްޕިކް ދުވަހުގެ ތަހުނިޔާ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ފޮނުއްވައިފިއެވެ.
އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ކުޅިވަރަކީ އެއްބައިވަންތަކަމާ، ގަދަ ހިތްވަރާ، ކާމިޔާބަށް މަސައްކަތްކުރަން ދަސްކޮށްދޭ މުހިންމު ހުނަރެއް ކަމަށެވެ.
ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނަށް ފުރަތަމަ އިސްލާހު ގެންނަވާ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ހުނަރުވެރި ގިނަ ކުޅުންތެރިންތަކަކަށް ރާއްޖޭގެ ގައުމީ ޓީމުތަކަށް ކުޅުމުގެ ފުރުސަތު ފަހިވެގެންދާނެ ފަދަ ގޮތަކަށް ކުޅިވަރުގެ ނިޒާމު އެކުލަވާލެއްވިއެވެ.
މިއީ 2015 ވަނަ އަހަރު އެކުލަވާލާ، އޭގެފަހުން އެއްވެސް ބަދަލެއް ގެނެވިފައިނުވާ ގާނޫނެކެވެ.

