ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި ގާނޫނާއި ހިލާފަށް ހަރަކާތްތެރިވި ކަމަށް ބެލެވޭ ބޭރު ގައުމެއްގެ 2 މަސްބޯޓު، އެމްއެންޑީއެފް ކޯސްޓްގާޑް ހުރަވީގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ސްރީލަންކާއަށް ނިސްބަތްވާ މި ދެބޯޓް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގި އޮޕަރޭޝަނެއްގައި މިމަހުގެ 22 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

މި 2 މަސްބޯޓާމެދު ގާނޫނުގައިވާ ގޮތުގެމަތިން އަމަލުކުރުމަށްޓަކާ ދިވެހި ފުލުހުންގެ ހިދުމަތާ ހަވާލުކުރުމަށް މިހާރުދަނީ މާލެ ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.

އެމްއެންޑީއެފުން ބުނީ، އަތުލައިގަތީ ސްރީލަންކާ އަށް ނިސްބަތްވާ ދެ ބޯޓު ކަމުގައެވެ.