ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ ބޮޑު އޮޕަރޭޝަނެއް އައްޑޫގައި މިއަދު ފަށައިފިއެވެ.
އައްޑޫގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން ފެށި ”އޮޕަރޭޝަން ހަމަމަގު“ ގައި އިމިގްރޭޝަންގެ 25 އެއްހާ އޮފިސަރުންނާއި ފުލުހުންގެ ޚިދުމަތުގެ 25 އެއްހާ އޮފިސަރުން ބައިވެރިވެއެވެ.
އެގޮތުން 13 ޓީމަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި އޮޕަރޭޝަންގެ ތެރެއިން އައްޑޫގެ ހުރިހާ އަވަށެއްގައި ވެސް ކުރިއަށް ގެންދާނެއެވެ.
އޮޕަރޭޝަން ފަށާފައި ވަނީ އައްޑޫ ޕޮލިސް ކޮލެޖްގައި ކުރިއަށް ގެންދިޔަ ޚާއްސަ ބްރީފިންއަކަށް ފަހު ހެނދުނު 7:00 ގަ އެވެ.

އެ އޮޕަރޭޝަން ފެށުމުގެ ރަސްމިއްޔާތުގައި، އިމިގްރޭޝަން ކޮންޓަރޯލަރު އަޙުމަދު ފަސީހު އާއއެ އިދާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް އައްޑޫގައި ބޮޑު އޮޕަރޭޝަނެއް ފެށިއިރު، އެ ސިޓީގައި ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިން އުޅެއެވެ.

