ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މުވައްޒަފުންނަށް ފަޔަރ އިވެކުއޭޝަން ޑްރިލެއް ކުރިއަށް ގެންގޮަސްފިއެވެ.
އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔަރ ސްޓޭޝަނުން އެޗްޑީސީ އޮފީސް އިމާރާތުގައި އިއްޔެ ކުރިއަށް ގެންދިޔަ މި ޑްރިލްގައި، އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ހާލަތުގައި ސަލާމަތްތެރިކަމާ އެކު އިމާރާތުން ނުކުންނާނެ ގޮތްތައް ފަރިތަކުރުމުގެ އިތުރުން އަނިޔާވެފައިވާ މީހަކަށް ފުރަތަމައެހީދޭނެ ގޮތްތައް ބައިވެރިން ވަނީ ފަރިތަކޮށްފައެވެ.

އެޗްޑީސީގެ މުވައްޒަފުންނަށް ހާއްސަކޮށް ކުރިއަށް ގެންދިޔަ ފަޔަރ އިވެކުއޭޝަން ޑްރިލްގެ ތެރެއިން: ފޮޓޯ/ އެޗްޑީސީ.
މި ޑްރިލްގައި އެޗްޑީސީގެ 165 މުވައްޒަފުން ބައިވެރިވިއެވެ.

