ހިޖުރީ އައު އަހަރު ފެށުމާ ދިމާކޮށް ކައުބަތުﷲ ގެފުޅުގެ ުއުރަކޮޅު ބަދަލުކޮށްފިއެވެ.
1447 ވަނަ އަހަރު ފެށުމާ ދިމާކޮށް ތައްޔާރު ކުރި ކައުބާގެ އައު އުރަކޮޅު އުފެއްދީ މައްކާގެ އުއްމު އަލް ޖޫދު ޑިސްޓްރިކްޓްގެ ކިންގް އަބްދުލްއަޒީޒް ކޮމްޕްލެކްސް އިންނެވެ.
މިއީ ކަޅު ކުލަ ހިމެނޭ ސިލްކާއި ގޯލް ޕްލޭޓެޑް ރިއްސާއި، ފިޔޯ ސިލްވަރ ރޮދިން ފަރުމާ ކޮށްފައިވާ ކިސްވާއެކެވެ.
ކިސްވާގައި 825 ކިލޯގެ ރޯ ސިލްކު ހިމެނެއެވެ. އަދި 410 ކިލޯގެ ރޯ ކޮޓަން ވެސް ބޭނުންކޮށްފައިވެއެވެ.
އައު ކިސްވާ އެޅުމަށްޓަކައި، އިއްޔެ ވަނީ ދިގުމިނުގައި 6.35 މީޓަރު އަދި ފުޅާމިނުގައި 3.33 މީޓަރު ހުރި ކުރީގެ އުރަކޮޅު ނަގައިފައެވެ.
އައު އުރަކޮޅު އެޅުވުމުގައި 154 މީހުން ހަރަކާތްތެރިވެފައިވެއެވެ. މުޅި އުރަކޮޅުގެ ބަރުދަނުގައި ގާތްގަނޑަކަށް 1،415 ކިލޯ ހުރެއެވެ.
ގެފުޅުގެ އުރަކޮޅު ބަދަލު ކުރިއިރު، ކޮންމެ އައު އަހަރަކު އެ މާތް ގެފުޅު ދޮވެއެވެ.
ގެފުޅު ދޮންނަނީ ޒަމްޒަމް ފެނާއި، ފިނިފެންމާ ފެން އަދި އަތަރާއި އެހެނިހެން ސެންޓު ބޭނުންކޮށްގެންނެވެ.

