މިއަދު މެންދުރު ފަހު އުދަ އަރާނެކަމަށް ލަފާކޮށްފައިވާތީ، ސިނަމާލެ ބްރިޖާއި ހައިވޭގައި ދުއްވާ ފަރާތްތަކުން ސަމާލުވާން އެދިއްޖެއެވެ.
މިގޮތުން ފުލުހުން ވަނީ ބްރިޖާއި ހައިވޭގައި ދުއްވާ ފަރާތްތަކުން ސަމާލުވުމަށް އެދިފައެވެ.
އަދި ދަތުރުކުރާއިރު ހަތަރު ފުރޮޅުލީ އުޅަނދު ބޭނުންކުރުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
އުދަ އަރާނެކަމަށް ލަފާކޮށް މެޓުން ވަނީ މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފައެވެ.
އުދައަރާނެ ކަމަށް ލަފާކޮށް މި އެލާޓް ނެރެފައިވަނީ މިއަދު މެންދުރު ފަހު 1:30 އިން ފެށިގެން ހަވީރު 5:00 އާ ހަމައަށެވެ.

