ބޯކޮށް ވާރޭ ވެހުމާއެކު ކަނޑުތައަ ގަދަވާނެ ކަމަށް ލަފާކޮށް ބައެއް ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖީ އިން ބުނީ، މި އެލާޓް ނެރުނީ، ހއ އަތޮޅުން ފެށިގެން ތ އަތޮޅާ ހަމައަށެވެ. އެލާޓް ނެރުނީ މިއަދު ހަވީރު 4:30 އިން 22:30 އަށެވެ.
މެޓުން ބުނީ، މި އެލާޓު ނެރެފައިވާ ވަގުތުތަކުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަ ވާނެ ކަމަށް ވެސް މެޓުން ލަފާ ކުރެއެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށް ވެސް މެޓުން ލަފާކޮށްފައިވެއެވެ.
މެޓުން މީގެ ހަ ގަޑިއިރު ކުރިން ނެރުނު ވައިޓުވއެލާޓެއްގައި މުޅި ރާއްޖެއަށް އުދަ އަރާނެ ކަމަށް ވެސް ލަފާ ކުރިއެވެ.
ފުލުހުން ވަނީ އެ އެލާޓާ ގުޅިގެން، ސިނަމާލެ ބްރިޖާއި ހައިވޭއިން ދަތުރު ކުރާ މީހުން ސަމާލުވުމަށް އެދިފައެވެ.
މީގެ ނުވަ ގަޑިއިރު ކުރިން މެޓުން ވަނީ ހއ އަތޮޅުން ފެށިގެން އދ އަތޮޅަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާކޮށް ވެސް ވައިޓް އެލާޓް ނެރެފައެވެ.

