އުދަ އަރާނެކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާއިން މުޅި ރާއްޖެއަށް ވައިޓް އެލާޓު ނެރެފިއެވެ.

މެޓު އޮފީހުން މި އެލާޓް ނެރެފައިވަނީ މިއަދު މެންދުރުފަހު 14:00 އިން ފެށިގެން ހަވީރު 17:30 އާއި ހަމައަށެވެ.

އެގޮތުން، ކުރިއަށް އޮތް 24 ގަޑިއިރު ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

އަދި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް މެޓުން ބުނެއެވެ.

މެޓުން ވަނީ އިއްޔެ ވެސް މެންދުރުފަހު 13:30 އިން ފެށިގެން ހަވީރު 17:00 އާއި މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފައެވެ.