ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް އެމްއެމްޑީއެފުން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ ވިއްސާރަކޮށް އަދި ވިލާގަނޑުގައި އިތުރަށް ވައިބާރުވެ ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ލަފާކޮށްފައި ވާތީ ކަނޑުދަތުރު ކުރާ މީހުން މޫސުމަށް ހާއްސަ ސަމާލުކަންދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.

އެގޮތުން ކަނޑުމަގުން ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި ކޮންމެހެން ދަތުރު ކުރަން ޖެހޭ ފަރާތްތަކުން ވެސް، ދަތުރު ކުރާއިރު މޫސުމާ ބެހޭ އެންމެފަހު މައުލޫމާތު ހޯދުމަށް އެދޭ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

ރޭގަނޑު ދަތުރު ނުކުރުމަށާއި މޫސުން ގޯސް ނަމަ، މޫސުން ރަނގަޅު ވަންދެން ދަތުރު ފަސްކޮށްލުމަށް ވެސް އެމްއެންޑީއެފުން އެދިފައިވެއެވެ.

މީގެއިތުރުން ޔެލޯ ނުވަތަ އޮރެންޖު އެލާޓް ނެރެފައި ވަނިކޮށް ދަތުރު ނުކުރުމަށް ވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.