މޯލްޑިވްސް ކަސްޓަމްސްގެ 135 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ކަސްޓަމްސްގެ ވެރީންނާއި ހުރިހާ މުވައްޒަފުންނަށް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސް ތަހުނިޔާ ފޮނުއްވީ މިއަދު އެ މަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާ ކުރެއްވި ޕޯސްޓުގައެވެ.

ރައީސް މުއިއްޒު ޕޯސްޓުގައި، ގައުމީ ހިދުމަތުގައި، ކަސްޓަމްސް އަށް އަބަދުވެސް ކުރިއެރުމާއި ކާމިޔާބީއަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

ދިވެހިރާއްޖޭގައި ކަސްޓަމްސްގެ ހިދުމަތްދޭން ފަށާފައިވަނީ މީލާދީން 1890 ވަނަ އަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހުއެވެ.