ތ. އަތޮޅުގައި ވެސް އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ފަށައިފިއެވެ.

އެ އަތޮޅުގައި އެ ހިދުމަތް އެންމެ ފުރަތަމަ ދޭން ފެށީ ވޭމަންޑޫގައެވެ.

މި އަހަރު ނިމުމުގެ ކުރިން މި ހިދުމަތް މުޅި ރާއްޖެ އަށް ފުޅާކުރަން ސަރުކާރުން ވަނީ ނިންމައިފައެވެ.

ޑިޕާޓްމަންޓް އޮގް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) އިން ބުނީ މިހާރު 27 ރަށަކުން އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން ދިވެހީން އެންމެ ގިނައިން އުޅޭ ގައުމުތަކުގައިވެސް މި ހިދުމަތް ދޭން ވަނީ މަސައްކަތް ފަށައިފައެވެ.

އެގޮތުން، އެންމެ ފުރަތަމަ ހިދުމަތް ފެށި ގައުމަކީ މެލޭޝިއާއެވެ.