އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ ބައްޕަ އަވަހާރަވެއްޖެއެވެ.

މިނިސްޓަރު ސައީދުގެ ބައްޕައަކީ ހއ. ތުރާކުނު، ވިނަރެސް، ސައީދު އަބްދުﷲއެވެ.

ސައީދު އަބްދުﷲ އަވަހާރަވުމުން ތައުޒިޔާ ވިދާޅުވެ، ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ދެންމެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސައީދަކީ ހއ.ތުރާކުނުގެ ވެރިކަމުގެ ދާއިރާގެ އިސް މަގާމުތަކުގައި 20 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ، ގަދަރުވެރި ބޭފުޅެއް ކަމަށެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި ސައީދަކީ ހުލްގު ހެޔޮ، ދީންވެރި ހަރުދަނާ ސަހްސިއްްޔަތެކެވެ.

”މަރުހޫމްގެ އާއިލާއަށް ނުހަނު އިހްލާސްތެރިކަމާއެކު ތައުޒިޔާ ދަންނަވައި، ކެތްތެރިކަން ދެއްވުން އެދި ދުއާ ކުރަމެވެ. މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ މަތިވެރި ނިއުމަތާއި ރަޙްމަތުގައި މަރުހޫމް ސައީދު އަބްދުﷲ ލަހައްޓަވާށިއެވެ. އާމީން“ ރައީސްގެ ތައުޒިޔާ ޕޯސްޓުގައިވެއެވެ.