ހދ. ކުމުންދޫ ކައިރިއަށް ސަޕްލައި ދޯންޏެއް ބަންޑުން ޖަހާލައި މިއަދު ކަނޑުވި މީހުންގެ ތެރެއިން އެކަކު ނިޔާވެއްޖެއެވެ.
އެ ދޯނިން ދަތުރުކުރި ހަތަރު މީހުންގެ ތެރެއިން ނިޔާވި 66 އަހަރުގެ ދިވެއްސެކެވެ.
ފުލުހުން ބުނީ، ހދ. ކުޅުދުއްފުށިން ފުރައިގެން ށ. ފުނަދޫއަށް ދަތުރުކުރި ދޯނި ބަންޑުން ޖަހާލައި ކަނޑުވި މީހުން ސަލާމަތްކޮށްގެން އެމްއެންޑީއެފުން ގެންދިޔައީ ކުޅުދުއްފުއްޓަށް ކަމަށެވެ.
އޭގެއިން ދަތުރުކުރި އެކަކު ނިޔާވީ ހާލު ދެރަވެގެން ކުޅުދުއްފުށީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.
އަނެއް ތިން މީހުންގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ދޯނި ދަތުރުކުރަމުން ދިޔައީ ޖަންބޯ ބޭގުތަކެއް އަރުވައިގެން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

