ރާއްޖެއިން އަނެއްކާވެސް ޑެންގީ ހުން ޖެހިގެން އިތުުރު މީހަކު ނިޔާވެއްޖެއެވެ.
އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައި ނިޔާވީ، އއ. ތޮއްޑޫ، ރަންމުތް، އާދަމް ވިޔާމެވެ. އޭނާގެ އުމުރުން 19 އަހަރެވެ.
ވިޔާމު ނިޔާވިއިރު، އޭނާއަށް ޑެންގީ ހުން ޖެހިގެން ފަރުވާ ދެމުން އަންނަތާ ހަފްތާއެއް ވަނީ ވެފައެވެ. އިއްޔެވެސް ޑެންގީ ހުން ޖެހިގެން ފަރުވާ ހޯދަމުން ދިޔަ ތުއްތު ކުއްޖަކު ވަނީ ނިޔާވެފައެވެ.
