އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރ. އަނގޮޅިތީމު ކައުންސިލާއި ބައްދަލުކުރައްވައިފިއެވެ.

އިސްލާމިކް މިނިސްޓްރީގައި އިއްޔެ ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި އަނގޮޅިތީމު ކައުންސިލްގެ އިސްވެރިންނާއި މިނިސްޓްރީގެ އިސްވެރިން ވަނީ ބައިވެރިވެލައްވާފައެވެ.

މިނިސްޓްރީން ބުނިގޮތުގައި، މި ބައްދަލުކުރެއްވުމުގައި އަނގޮޅިތީމު ކައުންސިލަށް އިސްލާމީ ދާއިރާއިން ދިމާވާ ބައެއް ދަތިތަކާއި ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވައިފައެވެ.

މީގެ އިތުރުން އިސްލާމިކް މިނިސްޓްރީ އާއި އަނގޮޅިތީމު ކައުންސިލް ގުޅިގެން ކުރެވިދާނެ މަސައްކަތްތަތަކާއި ގުޅޭ ގޮތުންވެސް ވަނީ މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރައްވައިފައެވެ.