ހަމަނުޖެހުން ހިންގަން ހިތްވަރު ލިބޭ ގޮތަށް ސޯޝަލްމީޑިއާގައި ޕޯސްޓްތަކެއް ކުރި މައްސަލައިގައި ހައްޔަރުކުރި މީހާ ދޫކޮށްލައިފިއެވެ.
ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވަނީ ސ، ހިތަދޫ، އަތަމާވިލާ، އަލީ އާނިމް މުފީދު (29އ)އެވެ.
ާއާނިމް ދޫކޮށްލީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ދޫކޮށްލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.
ފުލުހުން ރޭ ނޫސްވެރިންނަށް ފޮނުވި މެސެޖެއްގައި ބުނީ އާނިމް ހައްޔަރުކުރީ މޯލްޑިވްސް މީޑީއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލާ ގުޅިގެން އިހުތިޖާޖު ކުރާ ނޫސްވެރިންނާ ހަމަނުޖެހުން ހިންގަން ހިތްވަރު ލިބޭ ގޮތަށް އެކްސްގައި ޕޯސްޓުތަކެއް ކޮށްފައިވާތީ ކަމަށެވެ.
”މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން،“ ފުލުހުން ބުންޏެވެެ.

