ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ޤުރުއާން މުބާރާތް ކަމުގައިވާ ކިންގް ޢަބްދުލް ޢަޒީޒް އިންޓަނޭޝަނަލް މުބާތުގައި ރާއްޖެ ތަމްސީލުކުރި، އަލްހާފިޒް އަހްމަދު ނަބީހު ހޯދި ކާމިޔާބީ، މާލެ ސިޓީ ކައުންސިލުން ފާހަގަކޮށްފިއެވެ.
އެންމެ ތިން މަސް ދުވަހުގެ ތެރޭގައި ކީރިތި ޤުރުއާން ހިތުން ދަސްކުރި ނަބީހު ވަނީ، އެ މުބާރާތުގެ ފައިނަލުގައި ކިޔަވާފައެވެ. މި ކާމިޔާބީ ފާހަގަ ކުރުމަށް މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވަނީ އޭނާއަށް ހާއްސަ ހަނދާނީ ފިލައަކާ ތައްޓެއް ދެއްވާފައެވެ.
42 ވަނަ ކިންގް ޢަބްދުލް ޢަޒީޒް އިންޓަނޭޝަނަލް މުބާރާތުގައި ރާއްޖެ ތަމްސީލުކުރި އަލްހާފިޒް އަހްމަދު ނަބީހު ހޯދި ކާމިޔާބީ މާލެ ސިޓީ ކައުންސިލުން ފާހަގަ ކުރުން. pic.twitter.com/3tTXWJU0Yt
— Malé City Council (@MaleCitymv) October 6, 2022
ސަތޭކަ އެގާރަ ޤައުމަކުން 153 ބައިވެރިން ބައިވެރިވި އެ މުބާރާތުގައި ދެ ދިވެހީން ކިޔަވާފައިވާއިރު ފައިނަލް ބުރަށް ހޮވުނީ ނަބީހް އެކަންޏެވެ. ފަހުގެ ތާރީހެއްގައި، މި މުބާރާތުގައި ރާއްޖެ ތަމްސީލުކޮށް ކިޔެވީ ނަބީހު އެކަނިކަން ފާހަގަކޮށްލެވެއެވެ.
