ނޭޕާލް އަންހެނަކަށް ތޫނު އެއްޗަކުން ހަަމަލާދިން މައްސަލައިގައި ހައްޔަރު ކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.
ހުޅުމާލޭގައި ނޭޕާލް އަންހެނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މައްސަލަ ފުލުންހުންނަށް އަންގާފައި ވަނީ އިއްޔެ 12:45 ގައެވެ.
މި މައްސަލައިގައި ޒަހަމް ކޮށްލާފައި ވަނީ، ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ ފިހާރައެެއްގައި މަސައްކަތް ކުރާ 21 އަހަރުގެ ނޭޕާލް އަންހެނެކެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން އިއްޔެ ވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޖަހަންގިރު މިއާ ހައްޔަރުކޮށްފައެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

